ނާޒިމާއި ރިޔާޒް ޖޭޕީން ވަކިވުމުން މަޖިލީހުގެ ދަފްތަރު އަދާހަމަކޮށްފި

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރު އަދާހަމަކޮށް މިހާރު ދަފްތަރު އޮތް ގޮތ...

16 Aug 2021 | 09:24

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރު އަދާހަމަކޮށް މިހާރު ދަފްތަރު އޮތް ގޮތް އިއުލާންކޮށްފިއެވެ.

ނާޒިމް އާއި ރިޔާޒް ޖޭޕީން ވަކިވެވަޑައިގަތީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި އެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހުއްދަ ދީފައެވެ.

އެހެންވިޔަސް މި ޕާޓީ މަޖިލީހުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފަހު، އެ ޕާޓީގައި މަދުވެގެން މަޖިލީހުގެ ދެ މެންބަރަކު ތިއްބެވި ނަމައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއުލާން ކުރެއްވި ގޮތުގައި މަޖިލީހުގެ ދަފްތަރުގައި ނާޒިމްއާއި ރިޔާޒުގެ އިތުރުން އެމްއެންޕީއަށް ގުޅިވަޑައިގަންނަވާ އަމިއްލަ މެންބަރުންގެ ގޮތުގައި ތިއްބެވި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) މި ވަގުތު އޮތީ އަމިއްލަ މެންބަރުންގެ ގޮތުގައެވެ.

އަލަށް އުފައްދާ ޕާޓީއަށް ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް