އިތުރު ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަސް ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ބ. އޭދަފުށި، ކަމަދޫ އަދި ހދ. މަކުނުދޫގެ އިތުރުން އދ. ހަންޏާމީދޫ ކަމަށެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އެ ރަށްތަކުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރައްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގައި ކޮންޓެކްޓު ޓްރޭސިން ހެެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް