މާލޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ!

މާލޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ...

16 Aug 2021 | 08:11

މާލޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުންނެވެ.

ނައީމް ވިދާޅުވީ އަތޮޅުތެރެއަށް ތަރައްގީގެ އެކި މަޝްރޫއުތައް ގެންދަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، ވަކި ލެވެލްއެއްގައި މިކަންކަން ހިފެހެއްޓިފައި ހުރުން މުހިންމު ކަމަށް ނައީމް ވިދާޅުވިއެވެ.

އަތޮޅުތެރެއަށް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، މިސާލެއްގެ ގޮތުގައި ބަލަންވީ ދުބާއީ ސިންގަޕޫރު އަދި މާލެ ފަދަ ތަންތަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މާލެއަށް އައި ތަރައްގީއާއެކު މާލޭގެ ހާލަތު އެއަށްވުރެ މާ ބޮޑަށް ގޯސްވެފައިވާކަމަށް ނައީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ މާލޭގެ ހާލަތު ގޯސްވެފައިވާ މިންވަރު މާލޭގެ ވައި ތަޣައްޔަރު ވެފައިވާ މިންވަރުން ހާމަވާ ކަމަށެވެ.

ނައީމް ވިދާޅުވީ ހަރުދަނާ ނިޒާމެއްގެ ތެރެއިން، ވައިނުސާފުވެފައިވާ މިންވަރު ބެލޭނެ ގޮތެއް މާލޭގައި މިވަގުތު ގާއިމްކުރެވިފައި ނުވާ ކަމަށެވެ. މާލޭގައި ވައި ނުސާފުވެފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ބެލޭ ކަމަށާއި، އަތޮޅުތެރޭގައި ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ނުބެލޭކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ނައީމް ވިދާޅުވީ މީހުން ދިރިއުޅޭ މާހައުލުގައި ވައި ނުސާފުވެފައިވާ މިންވަރު ބެލުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް