ސައިފްގެ އުފަންދުގެ ތަހުނިޔާ ކިޔައި ކަރީނާ އާންމު ކުރި ފޮޓޯތަކުން ރާއްޖޭގެ ރީތިކަން!

މިއަދަކީ ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ 51 ވަނަ އުފަންދުވަހެވެ. އުފަންދުވަސް ފާހަގަ ކުރަން އާއިލާ އާއި އެކު ސައިފް އައީ ރާއްޖެ އަށެވެ. މި ދަތުރުގައި ބައިވެރިވެފައިވަނީ އަންހެނުން ކަރީނާ ކަޕޫރު ހ...

16 Aug 2021 | 08:02

މިއަދަކީ ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ 51 ވަނަ އުފަންދުވަހެވެ.

އުފަންދުވަސް ފާހަގަ ކުރަން އާއިލާ އާއި އެކު ސައިފް އައީ ރާއްޖެ އަށެވެ. މި ދަތުރުގައި ބައިވެރިވެފައިވަނީ އަންހެނުން ކަރީނާ ކަޕޫރު ހާން އާއި ހަގު ދެ ދަރިން ކަމަށްވާ ތައިމޫރު އަލީ ހާންގެ އިތުރުން ޖެހަންގިރް އަލީ ހާން (ޖޭހް) އެވެ.

އާއިލާ ޗުއްޓީ ހޭދަ ކުރަމުންދަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި އެވެ.

ސައިފްގެ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެ އައިތާ ދެ ދުވަސްވެފައިވާއިރު މާ ގިނަ ފޮޓޯތަކެއް އަދި ވީޑިއޯތަކެއް އާންމެއް ނުކުރެ އެވެ. އެކަމަކު މިއަދު ސައިފްއަށް އުފަންދުވަހުގެ ތަހުނިޔާކިޔައި އާންމު ކުރި ފޮޓޯއަކީ ތަފާތު އަދި ރީތި ފޮޓޯ އެކެވެ.

އޭގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ރިސޯޓުގެ ބީޗް ވިލާއެއްގެ ކައިރީގައި ސްވިމިން ޕޫލު ކައިރީގައި ދެމަފިރިންނާއި ދެ ދަރިން އެކުގައި ފެންނަ ފޮޓޯ އެެކެވެ. އެ ފޮޓޯގައި ޖޭހްގެ މޫނުވެސް ރީތިކޮށް ފެންނަ އިރު ފަހަތުން ރާއްޖޭގެ ހިތްގައިމު ރީތި މާހައުލު ފެނެއެވެ.

ދެވަނަ ފޮޓޯގައި ފެންނަނީ ކަރީނާ އާއި ސައިފް ސްވިމިން ޕޫލެއްގައި ތިބި މަންޒަރެވެ. އެ ފޮޓޯގައި ސާފު އުޑުމައްޗާއި މޫދު ފެނެ އެވެ.

https://www.instagram.com/p/CSn0An5jjrx/

އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސައިފްގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަށް ކުރާ ދަތުރުގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވިއެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ޔަގީނެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް