ކޫއްޑޫ އެއާޕޯޓުގައި ފަތުރުވެރިއެއްގެ ދަބަހުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި 4 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަ...

16 Aug 2021 | 07:22

ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި 4 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރު ކުރީ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މީގެ ތެރޭގައި ކޫއްޑޫ އެއާޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު ހިމެނޭ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުުހުންކުރި މަސައްކަތުން 10000 ޔޫރޯ މިހާތަނަށްވަނީ ހޯދާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 182000 ރުފިޔާއެވެ. އެ ފައިސާތައް މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް