ކޮވިޑުގެ ހާލަތު ހަމައަކަށް އެޅުވުން ފެއިލްވުމުން މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން އިސްތިޢުފާ ދެއްވައިފި އެވެ.
ޚަބަރުތައް ބުނާ ގޮތުން ބޮޑުވަޒީރާއެކު ކެބިނެޓް ވެސް ވަނީ މިހާރު އިސްތިއުފާ ދެއްވާފަ އެވެ.
އެ ގައުމުގައި ކޮވިޑްގެ ހާލަތު ހަމައަކަށް އެޅުވުމުގައި ފެއިލް ވުމާއި ވެރިކަން ކުރާ ޕާޓީގެ ތެރޭގައި މަގުބޫލުކަން ކުޑަވެ، ކުރިމަތިވި ޕްރެޝަރާއެކު އެ ބޭފުޅުން އިސްތިއުފާ ދެއްވި އިރު، މުހްޔިއްދީން ވަނީ 1 އަހަރާއި 5 މަސް ދުވަހު ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.
އުމުރުން 74 އަހަރުގެ މުހްޔިއްދީނަކީ އެގައުމުގައި ވެރިކަމުގައި ހުންނެވި ނަޖީބު ރަޒާގް ޝާމިލްވި މަލްޓި ބިލިއަން ޑޮލަރުގެ ޚިޔާނާތަށް ފަހު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތް މަހާތީރު އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
ގިނަބަޔަކު ގަބޫލު ކުރަނީ ކޮވިޑްގެ ހާލަތު މެނޭޖު ކުރުމުގައި އިސްދައުރެއް އަދާ ކުރައްވާ އުމްނޯ ޕާޓީގެ އިސްމާއީލް ސަބްރީ ކަމަށެވެ. ނަމަވެސް އަދި ވަކި ބޭފުޅަކު އައްޔަނެއް ނުކުރެ އެވެ.
މުހްޔިއްދީންގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި ގެއްލިގެން ދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ހިންގުންތެރިކަން ނެތުމާއި ގިނަ ވަގުތު ސިޔާސީ ކަންކަމުގައި ހޭދަކުރުމުގެ ސަބަބުން ކަމަށް މެލޭޝިއާގެ ރައްޔިތުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް