އަނެއްކާވެސް އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ އާރުޑީސީ އޮފީސް ފަޅާލިކަމުގެ ރިޕޯޓް މިއަދު 7:45 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ ކުރީންވެސް އެކި ފަހަރު މަތިން އާރުޑީސީގެ އޮފީސް ފަަޅާލައި ވައްކަން ކޮށްފައިވެއެވެ.
އާރުޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ ރޭގެ ފަތިހު ކަމަަަށެވެ. ވަގުން އޮފީހަށް ވަދެފަައިވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގެ ހަލާކުކޮށްލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮފީހުން ވަގަށް ނެގި ތަކެތީގެ ތަފުސީލެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް