މަކަރާއި ހީލަތުން ފައިސާ ހޯދާ ބައެއްގެ ބީއެމްއެލް އެކައުންޓް ނަމްބަރުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާއި މުޢާމަލާތްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ފުލުހުން މިއަދު އާއްމުކުރި އެކައުންޓް ނަންބަރުތަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓްތަކުގެ ނަންބަރުތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
7730000304660، 7730000089422، 7730000042772، 7730000364429، 7730000203888، 7770000000544
ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން، މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް