އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް 5 ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް 5 ބޭފުޅެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަޖިލީހަށް ހުށަހަޅައިފި އެވެ. އީސީގެ މެމްބަރު ކަމަށް ފަސް ނަން ހުށަހެޅުއްވި އިރު، އެ ކޮމިޝަ...

16 Aug 2021 | 06:55

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް 5 ބޭފުޅެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަޖިލީހަށް ހުށަހަޅައިފި އެވެ.

އީސީގެ މެމްބަރު ކަމަށް ފަސް ނަން ހުށަހެޅުއްވި އިރު، އެ ކޮމިޝަންގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަދު އާސިފްއާއި، އެ ކޮމިޝަންގެ ޑިރެކްޓަރ ގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ޝަހުލާ އިސްމާއީލްގެ ނަަން ރައީސްވަނީ ހިމަނުއްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން ނެވެ.

އިލެކްޝަން ކޮމިޝަނަށް އިސްކަން ދެއްވި 5 ނަން:

  • މުހައްމަދު އާސިފް، ހ. އިރުވައި
  • ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ. ހިންނަވަރު
  • އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341
  • އަހުމަދު މަންސޫރު، ވ. ރިވެތި
  • އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ. ކެލާ

އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް