ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021 ގެ ފުރަތަމަ 2 މެޗު ކާމިޔާބުކޮށް ކިންގް ޔުނައިޓެޑާއި ފެލްކަން ޔުނައިޓެޑުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ދަރަވަންދޫ ފުޓްސަލް ދަނޑުގައި ރޭ ފެށި މި ފިއެސްޓާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ކިންގް ޔުނައިޓެޑާއި އެފްސީ ފެލްކަން އެވެ. މި މެޗު 13 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ކިންގް ޔުނައިޓެޑެވެ.
މި މެޗުގައި ކިންގް ޔުނައިޓެޑުގެ ސާމިހު އަލީ ޝަރީފް 7 ގޯލު ޖަހައިދިން އިރު، އެޓީމުގެ އިތުރު ގޯލުތައް ޖަހައިދިނީ އީމާން އިލްޔާސް އާއި ނާޖިހު އަންނަވަރު، ކޮންމެ ކުޅުންތެރިއަކު 2 ގޯލު ޖަހައިދިން އިރު، މުހައްމަދު އަނިލް ވެސް ވަނީ ގޯލެއް ޖަހައިދީފަ އެވެ.
މި މެޗުގައި އެފްސީ ފެލްކަންގެ ގޯލަކީ ކިންގް ޔުނއިޓެޑުގެ އިބްރާހިމް އަހްމަދުގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގް ޔުނައިޓެޑުގެ ސާމިހު އަލީ ޝަރީފެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ފެލްކަން ޔުނައިޓެޑާއި އެފްސީ ކްރިއޭޗަރސް ބައްދަލުކޮށް 4 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ފެލްކަން ޔުނައިޓެޑެވެ.
މި މެޗުގައި ފެލްކަން ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ އިސްމާއިލް އަޒުހަރު، ސުޖާއު ހުސައިން، ހުސައިން ނާސިފު އަދި ހަސަން ނާސިކް އެވެ. އެފްސީ ކްރިއޭޗަރސް ގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބްދުލް މަތީނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފެލްކަން ޔުނައިޓެޑުގެ ސުޖާއު ހުސައިން އެވެ.
މި ފިއެސްޓާގައި މިރޭ ކުޅޭނީ އަންހެން ބައިގެ ދެ މެޗެވެ. މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ދޮޔެންސް އަދި އައްތަ އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ޗަނބޭލީ ރަނިން އާއި އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އެވެ. މި މެޗު ފަށާނީ ީ21:30 ގަ އެވެ.
މި އަހަރުގެ މުބާރާތުގައި ފިރިހެން 5 ޓީމާއި އަންހެން 5 ޓީމު ވަނީ ބައިވެރިފަ އެވެ. މި ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި މަސައްކަތް ކުރަނީ ދުވަސްއެމްވީ އެވެ. އަދި ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެމްޕްލަސް އެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021 ގެ ޓެލެކޮމް ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް