ކުޅުދުއްފުށިން 19 ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެ

ކުޅުދުއްފުށި ސިޓީގައި ހުންނަ ސްކޫލްތަކުން ތަޢުލީމް ހާސިލުކޮށް އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި 19 ދަރިވަރަކު ހިމެނިއްޖެ އެވެ. އެގޮތުން އެ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ 11 ދަރިވަރުން އަދި އަފީފުއްދީނ...

16 Aug 2021 | 05:00

ކުޅުދުއްފުށި ސިޓީގައި ހުންނަ ސްކޫލްތަކުން ތަޢުލީމް ހާސިލުކޮށް އޯލެވެލްގެ ގައުމީ ގަދަ ދިހައެއްގައި 19 ދަރިވަރަކު ހިމެނިއްޖެ އެވެ.

އެގޮތުން އެ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ 11 ދަރިވަރުން އަދި އަފީފުއްދީން ސްކޫލްގެ 8 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފަ އެވެ.

މިއީ ކުޅުދުއްފުށިން މިހާތަނަށް އެންމެ ގިނަ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު އަހަރު ކަމަށް ވެއެވެ. ހަމައެކަނި އަފީފުއްދީން ސްކޫލްގެ ތާރީޚުގައި ވެސް މިއީ އެންމެ ގިނަ ދަރިވަރަުން ގަދަ ދިހައެއްގައި ހިމެނުނު އަހަރެވެ. އެގޮތުން އެ ސްކޫލުން ގައުމީ ގަދަ ދިހައެއްގެ 3 ވަނައިގައި 2 ދަރިވަރަކު، 4 ވަނަ، އަދި 5 ވަނައިގައި އެއް ދަރިވަރަކު، 6 ވަނައިގައި 2 ދަރިވަރަކު، 7 ވަނަ އަދި 10 ވަނާގައި އެއް ދަރިވަރުން ވަނީ ހިމެނިފައެވެ.

ޖަލާލުއްދީން ސްކޫލުން ގަދަ ދިހައެއްގެ 3 ވަނަ އަދި 4 ވަނަގައި 2 ދަރިވަރަކު، 5 ވަނާގައި 1 ދަރިވަރަކު، 8 ވަނަ، 9 ވަނަ އަދި 10 ވަނާގައި 2 ދަރިވަރަކު ވަނީ ހިމެނިފައެވެ.

ކުޅުދުއްފުށީގައި ސަރުކާރުގެ 3 ސްކޫލު ހުންނައިރު ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލްގެ އިތުރުން ދެން ހުންނަނީ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ.

އެކަމަކު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް ދިހައަކަށް ކިޔަވައިދޭން ފަށާފައިވަނީ މިއަހަރު އެވެ.

ރާއްޖޭގައި އާންމުކޮށް އޯލެވެލް އިމްތިޙާން ހަދަނީ އޮކްޓޯބަރު/ނޮވެމްބަރު ގައެވެ. ނަމަވެސް ކޯވިޑް-19 އާއެކު މިދިޔަ އަހަރުގެ އިމްތިޙާން މި އަހަރުގެ މެއި/ ޖޫން އަށް ވަނީ ފަސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް