ވައްކަންކޮށްގެން ފިލަން ގަހަކަށް އެރި ބިދޭސީއަކު ހައްޔަރުކޮށްފި

އައްޑޫސިޓީ ގަމުގެ ސްވެނިއާ ޝޮޕްތަކަކުން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ފިލަން ގަހަކަށް އަރާ އޮއްވައި ހައްޔަރުކޮށްފި އެވެ. އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ސްވެނިއާ ޝޮޕެއް ހިންގާ މީހަކާ ހ...

16 Aug 2015 | 12:50

އައްޑޫސިޓީ ގަމުގެ ސްވެނިއާ ޝޮޕްތަކަކުން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ފިލަން ގަހަކަށް އަރާ އޮއްވައި ހައްޔަރުކޮށްފި އެވެ.

އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ސްވެނިއާ ޝޮޕެއް ހިންގާ މީހަކާ ހަވާލާދީ ބުނެފައިވަނީ ބިދޭސީ މީހާ އެންމެފަހުން ވައްކަންކުރީ ގަމުގެ އީކުއޭޓާ ވިލެޖް ކައިރީގައި ހުންނަ ސްވެނިއާ ޝޮޕަކުން ކަމަށެވެ.

އޭނާ ވައްކަން ކުރަން ފިހާރަ އަށް ވަނީ ރޭ ދަންވަރު ކަމަށާއި އަދި ފިހާރަ ތެރޭގައި އޭނާ އޮއްވައި ފެނުނީ ފިހާރައިގެ ސޭޓް ރޭ އެހެން ކަމެއްގައި ދަންވަރު ފިހާރަ ހުޅުވުމުން ކަމަށް އަދި ސޭޓް ފިހާރަ އަށް ވަނުމުން ބިދޭސީ މީހާ ވަނީ ބައެއް ތަކެތި އޭނާ އާ ދިމާއަށް އުކައި، ކޮއްޕާލުމަށް ފަހު ފިހާރަ އިން ނުކުމެ ދުވެ ފިލަން މަސައްކަތްކުރި ކަމަށް އައްޑޫ އޮންލައިންގައި ބުނެފައި ވެ އެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ސޭޓް ސައިކަލްގައި ބިދޭސީ މީހާ ފަހަތުން ދަނިކޮށް ފާރެއްގެ މަތިން ފުންމާލައިގެން ފިލީ ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުންނަށް ރިޕޯޓްކޮށްގެން ހެނދުނު އޭނާ ހޯދަމުން ދަނިކޮށް ފެނުނީ ގަހެއްގެ ކުރިއަށް އަރާފައި އޮއްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް