ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން އިއުލާނުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ބުނީ ފޮޓޯއިން ފެންނަ ސ. ހިތަދޫ، ޅަރީތިގެ، މުޙައް...

16 Aug 2015 | 11:39

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ ފޮޓޯއިން ފެންނަ ސ. ހިތަދޫ، ޅަރީތިގެ، މުޙައްމަދު ރަޝީދު (35އ) އަކީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

މުޙައްމަދު ރަޝީދު ކޯޓަށް ޙާޟިރުކޮށްދިނުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އެކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވިފައިނުވާތީ ކަމަށާއި މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް