ހެލްތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުން ނަހުލާ އަލީ ވަކިކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނަހުލާ އެ މަގާމުން ވަކިކުރައްވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ނަހުލާ އަދާކުރެއްވީ ފޮރިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމެވެ. ހެލްތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުކަމަށް ނަހުލާ ބަދަލުކުރެއްވީ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
ނިމިދިޔަ މަޖިލީސް އިންތިހާބުގެ ތެރޭގައި ނަހުލާވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާފަ އެވެ. ނަހުލާ ޕީޕީއެމަށް ސޮއިކުރެއްވީ މަޖިލިސް އިންތިހާބަށްފަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް