މިޔަރުގެ އާބާދީ ދެނެގަތުމަށް ރާއްޖޭގައި ސާވޭއެއް ކުރިއަށް ގެންގޮސްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ހާއްސަ ސާވޭ އެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުމެވެ. މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވަނީ ބޭނުންކޮށްފައެވެ
މި ސާވޭ ކުރިއަށް ގެންދާނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ސާވޭ އަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށްގެންދާ ސާވޭއެކެވެ.
މިޔަރު ދަތް އެޅުމުގެ ސަބަބުން ރާއްޖޭގައިވެސް އަންނަނީ ހިތާމަވެރި ހާދިސާތައް ހިނގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް