ކެނެޑާގެ ދެމަފިރިއަކު ފުޅިއަކަށްލާފައި މޫދަށް ދޫކޮށްލި މެސެޖެއް 13 އަހަރު ފަހުން އޭގެ މަންޒިލަަށް ދަތުރުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިއީ ނިއުފައުންޑްލޭންޑްގެ ބެލް އައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ މީހަކު ފުޅިއަކަށްލާފައި ދޫކޮށްލި މެސެޖެކެވެ.
ތޭރަ އަހަރު ފަހުން ފުޅީގައި އޮތް އެ މެސެޖު ފެނިފައި ވަނީ އަޔަލޭންޑްގެ ގޮނޑުދޮށަކުން އެ ފުޅި ހޮވި މީހަކަށެވެ.
އެ ފުޅި ފެނިފައިވަނީ ކޭޓް ގޭ ނަމަކަށް ކިޔާ އަންހެނަކަށެވެ. އޭނާ ބުނީ މިދިޔަ ހަފުތާގައި ޑިންގްލް ޕެނިންސިއުލާގެ ގޮނޑުދޮށުގައި ހިނގާފައި ދަނިކޮށް އެތެރޭގައި ކަރުދާސްގަނޑެއް އޮތް ރާ ފުޅިއެއް ފެނުނު ކަމަށެވެ.
އެދުވަހު ހަވީރު އޭނާގެ ގޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން އެ ފުޅި ހުޅުވާ ބެލި އިރު އޭގައި އޮތީ ބްރެޑް އާއި އަނީތާ ނަމަކަށް ކިޔާ ދެ ލޯބިވެރިން ލިޔެފައިވާ ނޯޓެކެވެ.
އެ ނޯޓުގައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ބްރެޑް އާއި އަނީތާ ބެލް އައިލެންޑަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދީފައިއެވެ.
އެ ސިޓީގައި ފޯނު ނަންބަރެއް ހިމަނާފައިވީ ނަމަވެސް އެ މީހުން ފޯނުކުރުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް މަހާރީސް ހެރިޓޭޖް އެންޑް ކޮންޒަވޭޝަން ގްރޫޕުން އެ ފުޅީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރިތާ، ގަޑިއެއްހާއިރު ނުވަނީސް އަނީތާއާ އެމީހުން ވަނީ ކޮންޓެކްޓްވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން އަނީތާ ބުނީ އޭނާ އާއި ބްރެޑް ކައިވެނިކުރީ 2016 ވަނަ އަހަރު ކަމަށާއި އެ ކައިވެންޏަށް ތިން ދަރިން ލިބިފައިވާއިރު މިއަދާ ހަމައަށް ވެސް އެކުގައި އުޅޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް