މާލެއިން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން ރޭ ބުނީ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަނީ...

16 Jul 2025 | 02:47

މާލެއިން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

އޭނާ ގެއްލިގެން ހޯދަމުން އަންނަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާތީ ކަމަށް ފުލުހުން ހާމަކުރެއެވެ

މިގޮތުން ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް