މިދިޔަ އަހަރަށް ވުރެން ދައުލަތުގެ ހަރަދު 4.4 ބިލިއަން ރުފިޔާ ކުޑަ: ރައީސް މުއިއްޒު

މިދިޔަ އަހަރަށް ވުރެން ދައުލަތުގެ ހަރަދު4.4 ބިލިއަން ރުފިޔާ ކުޑަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކ...

16 Jul 2024 | 15:43

މިދިޔަ އަހަރަށް ވުރެން ދައުލަތުގެ ހަރަދު4.4 ބިލިއަން ރުފިޔާ ކުޑަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް ފާހަގަ ކުރައްވާފައެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމާއި، ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމާއި، އެކި އެކި ކޮމިޝަންތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާއި، އާސަންދަ، އެންސްޕާ، ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުމާއި، އެކި އެކި ސަބްސިޑީސް، އެ ސަބްސިޑީސް އެންމެ ހައްޤުވާ ފަރާތްތަކަށް ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ.

ދައުލަތުގެ ހަރަދުތަކުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން އާއި ހަމައަށ ރިކަރަންޓް ހަރަދުގެ ގޮތުގައި15.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފަވާއިރު  މިއަހަރު ޚަރަދުކޮށްފައިވަނީ14.2 ބިލިއަން ރުފިޔާ ކަމަށެވެ.

އަދި ދައުލަތުގެ ޚަރަދަށް މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް22.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއަހަރު ޚަރަދުކޮށްފައިވަނީ17.8 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް