ގދ.ތިނަދޫގައި ލޯބިވެރިޔާއަށް ވަޅިން ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ލޯބިވެރިޔާއަށް ވަޅިން ބިރުދެއްކި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ޒުވާން ފިރެހެނެއްގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަަހަރުގެ ޒުވާނެކެވެ. އޭނާއަކީ ކުރިންވެސް އެތައް މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ރިކޯޑުތަކުން އެނގޭ ގޮތުގައި އޭނާއަކީ ގަލޮޅުދަނޑުގައި ހިނގި ހަމަނުޖެހުމުގައިވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި މަކަރާއި ހީލަތުގެ މައްސަލައެއްގައިވެސް އޭނާ ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ.
ކޯޓު އަމުުރުގައިވާގޮތުގައި އޭނާ ލޯބިވެރިޔާއަށް ވަޅިން ބިރުދެއްކީ އެދެމީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ރުޅި އައިސްގެންނެވެ. އެހެން ނަމަވެސް އޭނާ ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ. އަދި މީގެއިތުރުން އޭނާ ބުނީ، އެ ވަޅިއަކީ އޭނާ ޑައިވަރެއްކަމުން ބޭނުން ކުރާ ވަޅިއެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަާއި ރައްކާތެރި ކަމަށެވެ.
އޭނާ30 ދުވަހުގެ މުއްދަތަަކަށް ބަނދުގައި ބަހައްޓަން ހުކުމް ކުރީ ގާޒީ މުޙައްމަދު މިސްބާހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް