ނޭޕާލާ އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނަން: ޒަމީރު

ދިވެހިރާއްޖެއާއި ނޭޕާލާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ނޭޕާލްގެ ޚާރިޖީ ވަޒީރުގެ ...

16 Jul 2024 | 14:15

ދިވެހިރާއްޖެއާއި ނޭޕާލާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ނޭޕާލްގެ ޚާރިޖީ ވަޒީރުގެ މަގާމަށް އައްޔަން ކުރެއްވި އޮނަރަބަލް ޑޮކްޓަރ އަރްޒޫ ރާނާ ޑިއުބާއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.

ޒަމީރުގެ މެސެޖުގައި ވަނ ނޭޕާލްގެ ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުން ޑޮކްޓަރ އަރްޒޫ ރާނާ ޑިއުބާއަށް ތަހުނިޔާ ފޮނުއްވާފައެވެ.

އަދި ރާއްޖެއާއި ނޭޕާލާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެެއްވާ ކަަމަށް ވަޒީރު ޒަމީރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުުން ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަަމަށް ވަޒީރު ޒަމީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޒަމީރު ވަނީ ނޭޕާލުގެ ރަހުމަތްތެރި ރައްޔިތުންގެ ކުރިއެރުމަށާއި ދުޅަހެޔޮ ސިއްހަތަށް އެދިވަޑައިގެން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް