އިތުރު ތަމްރީނު ހޯދުމަށް އިމާމުންގެ 3 ވަަނަ ބެޗް މިރޭ ބުރޫނާއި ދާރުއްސަލާމަށް ފުރަނީ

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ތިންވަަނަ ބެޗްގެ ބައިވެރިން މިރޭ ބުރޫނާއި ދާރުއްސަލާމަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މ...

16 Jul 2024 | 14:12

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ތިންވަަނަ ބެޗްގެ ބައިވެރިން މިރޭ ބުރޫނާއި ދާރުއްސަލާމަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއި ދާރުއްސަލާމަށް 20 އިމާމުން ފުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުން ދާ 3 ވަނަ ފަހަރު ކަމަށެވެ.

މިގޮތުން މިއަހަރު 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަަަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް އިމާމުން ދަތުރު ކުރާނެ ކަަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން އިމާމުންގެ ފުރަތަމަ ދެ ބެޗު ދިޔައީ ސަޢޫދީ ޢަރަބިއްޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް