އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ޖުލައި 26 ގައި އިފުތިތާހު ކުރަނީ

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ޖުލައި 26 ގައި އިފުތިތާހު ކުރުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެބްސައިޓްގައި އޮންލައި...

16 Jul 2024 | 14:09

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް ޖުލައި 26 ގައި އިފުތިތާހު ކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެބްސައިޓްގައި އޮންލައިން ލައިބްރަރީއެއް ހުންނާނެ ކަމަށާއި ފޮތްތައް ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

2008 އިން ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

''އަދި ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓުތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްސަ ޔުނިޓެއް ހުންނާނެ. އަދި ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ޚާއްސަ ޔުނިޓެއް ވެބްސައިޓްގައި ހުންނާނެ.''

މީގެ އިތުރުން އިދާރީ ހުރިހައި މުއާމަލާތަކާ ގުޅޭ މައުލޫމާތާއި އުސޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް