ކީރިތި ޤުރްޢާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކީރިތި ޤުރްޢާނާބެހޭ ގައުމީ މަރުކަޒުން ބުނީ މި ރަސްމިއްޔާތު އޮންނާނީ މިރޭ 20:30 ގައި ކަމަށެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޓީވީއެމްއާއި އެސްއެސްޓީވީއާއި ކީރިތި ޤުރްޢާނާބެހޭ ގައުމީ މަރުކަޒުގެ ފޭސްބުކް ޕޭޖުން މި ޖަލްސާ ލައިވް ކުރާނެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ މިިދިޔަ ޖޫން މަހުގެ 30 އިން ޖުލައި 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 992 ބައިވެރިން ވަނީ ކިޔަވައިފައެވެ.
މި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ތަށިތައް ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކޮށްފައިވާ ކަމަށް ކީރިތި ޤުރްޢާނާބެހޭ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް