ގަވަރުނަރު މިއަދުވެސް މަޖިލީހަށް ހާޒިރުނުވާތީ، ފަހު ފުރުސަތު ދީ ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރނަރު އަލީ ހާޝިމް މިއަދުވެސް މަޖިލީހަށް ހާޒިރު ނުވާތީ، ފަހު ފުރުސަތު ދީ ފިޔަވަޅު އެޅުމާއި މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތުު ކޮމިޓީން ނިންމަ...

16 Jul 2024 | 12:27

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރނަރު އަލީ ހާޝިމް މިއަދުވެސް މަޖިލީހަށް ހާޒިރު ނުވާތީ، ފަހު ފުރުސަތު ދީ ފިޔަވަޅު އެޅުމާއި މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތުު ކޮމިޓީން ނިންމައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާތީ މާލިއްޔަތު ކޮމިޓީން ގަވަރުނަރު މަޖިލީހަށް ހާޒިރުވާން ދިން ދެވަނަ ފުރުސަތުގައި ވެސް ގަވަރުނަރު މަޖިލީހަކަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

މާލިއްޔަތު ކޮމިޓީއަށް މިއަދުވެސް ގަވަރުނަރު ހާޒިރުވެވަޑައިނުގަންނަވާއިރު، އެމްއެމްއޭއިން ސަރުކާރަށް ލަފާ ނާރުވާ ކަމަށް ބުނެ، ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލައިގައި ޖަވާބުދާރީވުމަށް ގަވަރުނަރަށް ފުރުސަތު ދީފައި ވަނީ އިއްޔެއެވެ،

އެހެން ނަމަވެސް ގަވަނަރު ބަލިވެ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުވުމުގެ ބަދަލުގައި ލިޔުމުން ވަނީ ޖަވާބުދާރީވެފައެވެ.

މިއަދުވެސް އެ މައްސަލަ އެޖެންޑާކޮށް، މާލިއްޔަތު ކޮމިޓީން11:00 އަށް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް މިއަދުވެސް ގަވަރުނަރު އާލާސްކަންފުޅުޅާ އުޅުއްވާތީ ހާޒިރުވެވެން ނެތް ކަމަށް މަޖިލީހަށް ވަނީ އަންގާފައެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުުވީ، ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހެއްގެ ސަލާމްގައި ހުންނެވި ކަމަށް އަންގާފައި ވާ ކަމަށެވެ.އެހެން ކަމުން ކޮމިޓީއަށް ހާޒިރު ވުމަށް އަދި އެއް ފުރުސަތު ދިނުމަށް ޤާސިމް ވަނީ ހުށަހަޅާފައެވެ.

އެ ހުށަހެޅުން އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، މާދަމާ11:00 ޖަހާއިރު ގަވާރުނަރު ކޮމިޓީއަށް ހާޒިރުވާން އެންގުމަށް ވަނީ ނިންމާފައެވެ.

ގަވަރުނަރު އިއްޔެ ފޮނުއްވެވި ޖަވާބުގައި ވަނީ، އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އުން ވާނީ ފޯރުކޮށްދީފައި ކަމަށެވެ. އަދި އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ރައްކާތެރި ދިމާލަކަށް ވާސިލްވެވޭނެ ގޮތްތައް ޔަގީން ކުރުމަށް ކަމަށްށެވެ.

އެމްއެމްއޭގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަމުންދާ ދަރަނި މެނޭޖު ކުރުމާއި ފިކްޝަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަރުނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ.

ގަވަރުނަރު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް