މޯލްޑިވިއަންއިން ޓްރެވަންޑްރަމްއަށް ދަތުރުތައް އިތުރު ކޮށްފި

މޯލްޑިވިއަންއިން އިންޑިޔާގެ ޓްރެވިންޑްރަމަށް ދަތުރތައް އިތުރުކޮށްފިއެވެ. މޯލްޑިވިއަންއިން ބުނީ، މި މަހު22 އިން ފެށިގެން ކޮންމެ ދުވަހަކު މާލެއިން ޓްރެވިންޑްރަމަށް އަދި ޓްރެވިންޑްރަމުން މާލެއަށް ދަތުރުތ...

16 Jul 2024 | 09:50

މޯލްޑިވިއަންއިން އިންޑިޔާގެ ޓްރެވިންޑްރަމަށް ދަތުރތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަންއިން ބުނީ، މި މަހު22 އިން ފެށިގެން ކޮންމެ ދުވަހަކު މާލެއިން ޓްރެވިންޑްރަމަށް އަދި ޓްރެވިންޑްރަމުން މާލެއަށް ދަތުރުތައް ކޮންމެ ހޯމަ ދުވަހަކު އޮންނާނެ ކަމަށެވެ. އަދި އެ ދަތުރު މާލެއިން ފަށާނީ އެ ދުވަހުގެ18:40 ގައެވެ. އަދި ރިޓާން ފްލައިޓް ފަށާނީ،22:20 ގައި ކަމަށެވެ.

މޯލްޑިވިއަން އިން މިހާރުވެސް މާލެއާއި ޓެރެވެންޑްރަމްއަށް ހަފްތާއަކު ހަތަރު ދަތުރު ކުރެއެވެ. އެއީ ހޮނިހިރު ދުވަހާއި، އާދިއްތަ ދުވަހާއި، ބުދަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހެވެ. މޯލްޑިވިއަންއިން ގެނައި މި ބަދަލާއި އެކު ހަފްތާއަކު ފަސް ދުވަހު ފްލައިޓް އޮންނާނެއެވެ.

ޓްރެވެންޑަރަމަކީ ގިނަ ދިވެހިން ބޭސްފަރުވާ ކުރުމަށް ގޮސް އުޅޭ ސިޓީއެކެވެ.

މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިން، ބެންގަލޫރު އަދި ކޮލަންބޯގެ އިތުރުން ޑާކާ ސިޓީއަށްވެސް ދަތުރު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް