މާލޭ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނަގައިފި

މާލޭގެ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ ވިޔަފާރިވެރިންގެ މިސ...

16 Jul 2024 | 07:43

މާލޭގެ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލަ އިއްޔެގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ، މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާއިރު މާލޭގެ މިސްކިތްތަކުން ވައްކަންކުރުން މިފަހުން ވަނީ އާއްމުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް