ހޭޝް އިން ތައާރަފްކުރާ އޫޑޫ އީއާރޕީ: އޮފީސް، ކެފޭ، ރެސްޓޯރަންޓް ހިންގަން އަދި މާ ސަޅި ގޮތެއް!

ވިޔަފާރިތަކަށް ފަސޭހަ އަދި ޖީބަށް ލުއި އީއާރުޕީ ސޮފްޓްވެއަރއެއް ކަމަށްވާ އޫޑޫ، ހޭޝް މޯލްޑިވިސްއިން ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފިއެވެ. ޔޫރަޕްގެ ބެލްޖިއަމްގެ އުފެއްދުމެއްކަމައްވާ އޫޑޫއަކީ މިވަގުތު ރާ...

16 Jul 2024 | 06:27

ވިޔަފާރިތަކަށް ފަސޭހަ އަދި ޖީބަށް ލުއި އީއާރުޕީ ސޮފްޓްވެއަރއެއް ކަމަށްވާ އޫޑޫ، ހޭޝް މޯލްޑިވިސްއިން ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފިއެވެ.

ޔޫރަޕްގެ ބެލްޖިއަމްގެ އުފެއްދުމެއްކަމައްވާ އޫޑޫއަކީ މިވަގުތު ރާއްޖޭގެ މާކެޓުން ލިބެންހުރި އީއާރްޕީތަކާއި ހިލާފަށް ޖީބަށް ވަރަށް ލުއި، އެއްތަނަކުން ވިޔަފާރީގެ ހުރިހާކަމެއް ފަސޭހަކަމާއެކު ބެލެހެއްޓޭނެ ސޮފްޓްވެއަރ އެއްކަމަށް ހޭޝް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. އެކުންފުނިން މައުލޫމާތުދޭ ގޮތުގައި މިސޮފްޓްވެއަރގެ އެންމެ ތަފާތު ކަމަކީ ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުން ކޮށްލެވޭނެ ތަފާތު އެތައް މޮޑިއުލްތަކެއް އިތުރު ޗާޖަކާނުލައި އޫޑޫއާއެކު ލިބެންހުރުމާއި ހަމައެކަނި އެވިޔަފާރިއަކަށް ބޭނުންވާ މޮޑިއުލްތައް ހިމަނައިގެން ސެޓަޕް ހަދާލެވުމެވެ. އެގޮތުން އޫޑޫގެ އެއް މޮޑިއުލް ބޭނުންކުރާނަމަ މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި އެއް މޮޑިއުލަށްވުރެ ގިނައިން ބޭނުން ކުރާނަމަ ސްޓޭންޑަރޑް ނުވަތަ ކަސްޓަމް ޕްލޭންގެ ދަށުން ބޭނުންކުރެވޭނެއެވެ. މި ޕްލޭންތަކަށް ޗާޖުކުރަނީ ބޭނުންކުރާ ކޮންމެ އެކައުންޓަކަށް ކަމަށާއި އިތުރު މޮޑިއުލެއް ބޭނުންކުރުމަށް ޗާޖު ނުކުރާ ކަމަށްވެސް ހޭޝް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. އަދި މީގެ އިތުރުން މިސޮފްޓްވެއަރ އަކީ ފޯނާއި ލެޕްޓޮޕްގެ ޒަރީއާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ބޭނުންކުރެވޭ ސޮފްޓްވެއަރ އެއްކަމަށް އެކުންފުނިން ބުނެއެވެ.

ހޭޝްގެ މެނޭޖިންގ ޑިރެކްޓަރ ސަމާހް މުހައްމަދު ވިދާޅުވީ، އެކިކަހަލަ ވިޔަފާރި އަދި އޮފީސްތަކަށް އޫޑޫ ސޮފްޓްވެއަރގެ ސަބަބުން ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި މިސޮފްޓްވެއަރގެ ސަބަބުން ވިޔަފާރީގެ ހިންގުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެއްތަނަކުން ފަސޭހަކަމާއިއެކު ލިބެން ހުރުމާއިއެކު ޖީއެސްޓީ އޮޑިޓް އަދި އިންކަމް ޓެކްސްއަށް ބޭނުންވާ ހުރިހައި ރިޕޯޓެއް އެންމެ ކްލިކަކުން ލިބޭނެ ކަމަށެވެ. އެގޮތުން، މާކެޓިންގއަށް ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތަކުގެ އިތުރަށް، ވެބްސައިޓް އަދި އޮންލައިން ފިހާރަ އާއި އޮޕަރޭޝަންއަށް ބޭނުންވާ ހުރިހާ މޮޑިއުލްތަކާއި ޕްރޮޑަކްޓިވިޓީ، ހިއުމަންރިސޯސަސް، މެނުފެކްޗަރިނގް އަދި ފައިނޭންސްގެ ވަރަށް ގިނަ އެޕްލިކޭޝަންތަކެއް ހިމެނޭކަމަށެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ސޮފްޓްވެއަރއަށް އުނިއިތުރުވެސް ގެނެވޭނެކަމަށެވެ.

"ކެފޭ ރެސްޓޯރަންޓް، ފިހާރަތައް، ކުދި އަދި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ސަރުކާރު މުއައްސަސާތަކާއި ކައުންސިލްތައް އެއް ޕްލެޓްފޯމް އަކުން މެނޭޖް ކުރެވޭނެ. މި ސޮފްޓްވެއަރ ކޮމްޕިއުޓަރ، ޓެބްލެޓް އަދި މޯބައިލް ފޯނުންވެސް ބޭނުން ކޮށްލެވޭނެ. އަދި އެވިޔަފާރިއަކުން ބޭނުންވާ ކަސްޓަމައިޒޭޝަނެއްވެސް ގެނެވޭނެ. ޖީއެސްޓީ އިންކަމް ޓެކްސް އަދި އޮޑިޓް އަށް ބޭނުންވާ ކޮންމެ ރިޕޯޓެއްވެސް އެއްކްލިކުން ޖެނެރޭޓް ކުރެވޭނެ. މިއީ ވިޔަފާރި ކުރަން މާ ސަޅި ގޮތެއް. އެއީ އިދާރީ އަދި އެހެނިހެން ލިޔެކިޔުމުގެ މަސައްކަތް 50 ވަރަކަށް ޕަސެންޓް ފަސޭހަވެގެން އެބަދޭ މިކަހަލަ ސޮލިއުޝަނެއް ގާއިމް ކުރެވުނީމަ. މިކަމުގެ ސަބަބުން ވިޔަފާރި ހިންގުމުގެ ހަރަދުވެސް ވަރަށް ބޮޑަށް އެބަ ކުޑަކުރެވޭ." ހޭޝްގެ މޭނޭޖިންގ ޑިރެކްޓަރ ސަމާހު މުހައްމަދު.

ހޭޝް މޯލްޑިވިސް އަކީ އޫޑޫގެ ރާއްޖޭގެ އޮފިޝަލް ޕާޓްނަރެވެ. މި ސޮފްޓްވެއަރ އާއި އެކު މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް ވެސް ހޭޝް އިން ކުރިޔަށް ގެންދާނެއެވެ. އަދި ސޮފްޓްވެއަރއަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކުރުމާއި ބޭނުންވާ ސަޕޯޓް ވެސް ހޭޝް އިން ފޯރުކޮށްދޭނެއެވެ. މި ސޮފްޓްވެއަރ އަކީ ދުނިޔޭގެ ނަން މަޝްހޫރޫ ބްރޭންޑްތަކުންވެސް ބޭނުންކުރާ ސޮފްޓްވެއަރއެކެވެ. އެގޮތުން މާސްޓަރކާޑް، ވޯލްޑް ހެލްތް އޯގަނައިޒޭޝަން، އައިބީއެމް، ކެސިއޯ ފަދަ ނަން މަޝްހޫރު ބައިނަލްއަގުވާމީ ކުންފުނިތަކުން ބޭނުންކުރަމުން އަންނަ މި ސޮފްޓްވެއަރއަށް ވަނީ ފޯބްސްއެޑްވައިޒަރ އިން 4.8 ސްޓާރ ރޭންކިންގ އެއް ދީފައެވެ.

ވެބްސައިޓް ފަރުމާ ކުރުމާއި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ އިތުރުން ކޯޕަރޭޓް އައިޓީ ސަޕޯޓާއި އެކައުންޓިންގ ޙިދުމަތާއި ބުކް ކީޕިންގ އާއި ބިޒްނަސް ކޮންސަލްޓަންސީ އަދި ޑިޖިޓަލް މާކެޓިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަވެފައިވާ ޑައިނަމިކް ޑިޖިޓަލް އޭޖެންސީ، ހޭޝް އިން ބުނީ އޫޑޫއަކީ ދުނިޔޭގެ ވިޔަފާރީގެ ދުނިޔޭގައި ނަން މަޝްހޫރު ސޮފްޓްވެއަރ އެއްކަމަށެވެ. މިގޮތުން 12 މިލިއަން ޔޫސާރސް މިހާރުވެސް ދުނިޔޭގެ އެކި ގައުމު ތަކުން އޫޑޫ ބޭނުންކުރަމުންދާ ކަމަށެވެ.

އިތުރު މައުލޫމާތު އެކުންފުނީގެ ހޮޓްލައިން 7457070 އިން ނުވަތަ އެކުންފުނީގެ ވެބްސައިޓް https://www.hash.mv އައް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް