ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ މައްސަލަ ރޭ މެންދަމު 03:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކޭއެފްސީއާއި ޕިއްޒާ ހަޓަށް ކަޅުތެޔޮ ޖަހާފައިވެއެވެ.
އޭރު އެ ދެތަނަށް ކަޅުތެޔޮ ޖަހާފައިވަނީ އިސްރާއީލަށް ފަންޑުކުރާކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް