ކެރޮޓްޖޫހަކީ، އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ މީރު ބުއިމެކެވެ. އަދި ފަސޭހައިން ލިބެން ހުންނަ، ތައްޔާރުކޮށްލަންވެސް އެހާމެ ފަސޭހަ ބުއިމެކެވެ.
ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
ކެރޮޓްޖޫހަކީ ލޮލުގެ ފެނުމަށް ރަނގަޅު ފައިދާ ހުރި ބުއިމެކެވެ. ސަބަބަކީ ކެރޮޓަކީ ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ ތަރުކާރީއަކަށްވާތީއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކެރޮޓްޖޫސް ހިމަނާނަމަ ލޮލުގެ ފެނުން ރައްކާތެރިކޮށްދީ ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
އިމިއުން ސިސްޓަމް ބޫސްޓްކޮށްދޭ
ދުވާލަކު ކެރޮޓްޖޫސްތައްޓެއް ބޯނަމަ ހަށިގަނޑުގެ އިމިއުން ސިސްޓަމް ބޫސްޓްކޮށްލައިދޭނެއެވެ. ސަބަބަކީ ކެރޮޓަކީ ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ އެކުލެވިގެންވާ ތަރުކާރީއަކަށްވާތީއެވެ. އަދި އެންމެ ކެރޮޓްޖޫސްތައްޓެއްގައިވެސް އެކުލެވިގެންވާ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން، ހަށިގަނޑުގެ އިމިއުން ދަށް ނަމަވެސް ކުރިއަރުވައި ދިނުމަށް އެހީތެރިކަން ފޯރޮކޮށްދެއެވެ. އެހެންކަމުން ކެރޮޓްޖޫހަކީ ތަފާތު ވައްތަރުގެ އިންފެކްޝަނާއި އަދި ބަލިތަކުން ރައްކާތެރިކޮށްދިނުމަށް ނުހަނު އެހީތެރިވެދޭ ބުއިމެކެވެ.
ހަންގަނޑު ރައްކާތެރިކޮށްދޭ
އެއްވެސް ޝައްކެއްނެތް ގޮތުގައި ކެރޮޓްޖޫހަކީ ހަންގަނޑަށް ވަރަށް ގިނަގުނަ ފައިދާތައް ލިއްބައިދޭ ބުއިމެކެވެ. ކެރޮޓްގައި އެކުލެވިގެންވާ ތަފާތު ގިނަ ވައްތަރުގެ ނިއުޓްރިޝަންގެ ސަބަބުން ހަންގަނޑު ހެލްތީ އަދި ގްލޯވިންގ ސްކިންއަކަށް ބަދަލުކޮށްލައެވެ. އަދި ކެރޮޓްޖޫހުގައި އެކުލެވިގެންވާ އެންޓޮއޮކްސިޑެންޓްސްގެ ސަބަބުން އިރުގެ އަލިން ހަށިގަނޑަށް ލިބޭ އެކިކަހަލަ ގެއްލުމުން، ހަށިގަނޑު ރައްކާތެރިކޮށްދިނުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ
ކެރޮޓްޖޫހުގައި ހިމެނޭ ނިއުޓްރިޝަން އަދި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހިތުގެ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މި ނިއުޓްރިޝަންސް އާއި އެންޓިއޮކްސިޑެންޓްސް ލޭގެ ޕްރެޝަރ އާދައިގެ މިންގަނޑުގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.
ކެރޮޓްޖޫހަކީ އޭގައި ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ބުއިމަކަށް ވާއިރު ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކެރޮޓްޖޫސްތައްޓެއް ހިމަނާލުމަށް ސަމާލުކަން ދެއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް