ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހު ނިމޭނެ ކަމަށް އެ ކުންފުނީގެ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއިން ހަދާފައި ވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ204 ފްލެޓާއި1+2 ކޮޓަރީގެ330 އެޕާޓްމަންޓެވެ.
ޝާހިދު ވިދާޅުވީ އެތަން ނިމި، އަންނަ މަހުގެ ތެރޭގައި އެތަނުގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށާއި މި އަހަރުގެ ނިޔަލަށް އެތަނުން ކުލި ނުނަގާނެ ކަމަށެވެ.
އެމްޕީއެލްއިން އިމާރާތްކުރާ ތިން ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓާއި ފެން އަދި ފިނިޝިންގެ މަސައްކަތް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ޝާހިދު ވަނީ ބުރާސްފަތި ދުވަހު ޓަވަރުތަކަށް ވަޑައިގެންފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެމްޕީއެލްގެ އަހަރީ ސްޓާފް ނައިޓްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އަންނަ މަހުގެ ނިޔަލަށް ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަސް ނިންމާލާފައި މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރަން. އެއީ ކަބަޑް ސެޓު ޖެހުމާއި އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް" ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް