ވޭވަށު ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ. ވޭވަށު ސްކޫލް ދެ ކުލާސްރޫމް އަދި ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ ޓިކް ޓެކް އިންވެސްޓ...

16 Jul 2023 | 11:08

މ. ވޭވަށު ސްކޫލް ދެ ކުލާސްރޫމް އަދި ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 120 ދުވަހެވެ.

މި މަސައްކަތަތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޓިކް ޓެކް އިންވެސްޓްމެންޓް އާ ހަވާލުކޮށްފައިވާ ބަޖެޓަކީ 4,897,568.02ރ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ. އަދި ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު ނައުފަލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް