ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލައިފި

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން އަންނަ ހަފްތާގައި ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. ގ. ބޮ...

16 Jul 2023 | 09:38

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން އަންނަ ހަފްތާގައި ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގ. ބޮޑުފެންވަޅުގޭގައި އިއްޔެ ރޭ ބޭއްވި، ޑިމޮކްރެޓްސްގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި މެންބަރަކުވަނީ އެ ޕާޓީއަށް ކެމްޕެއިން ކުރާއިރު ދައްކަންވީ ކޮން ކެންޑިޑޭޓެއްތޯ ސުވާލު އުފައްދާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ އެ ޕާޓީން އިންތިހާބުކުރި އިލެކްޝަންސް ކޮމިޓީން މަސައްކަތްކުރުމަށްފަހު ދެ ދުވަހެއް ތެރޭގައި ޕްރައިމަރީ އަށް ހުޅުވާލަން ގަސްތު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނައިގެން މިތިބީ މި މަހުގެ 17 ހިސާބުގައި އިއުލާންކުރެވޭ ވަރުވޭތޯ ޕްރައިމަރީއަށް ހުޅުވާލަން. ދެން ކުރިމަތިލާން ލިބޭ މުއްދަތާއި ބާއްވާނެ ދުވަހާއި މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޓީން އެ މަސައްކަތް ކުރަމުން ގެންދާނެ،" ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭ އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރެއިން އެ ޕާޓީން ވަކިވި މެންބަރުން އުފެއްދި ޑިމޮކްރެޓްސް އިން ޕްރައިމަރީ އަށް ހުޅުވާލާއިރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފަ އެވެ.

ޑިމޮކްރެޓްސް އިން މި އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ކަމުގެ ޔަގީންކަން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް