މިއަހަރެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއައުމާއެކު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
މިލިއަން ވަނަ ފަތުރުވެރިއަކަށް ރާއްޖެ އަހިސްފައި ވަނީ އެންތޮން ޕަވްލޯވްއެވެ. އޭނާ އަހިސްފައި ވަނީ އާއިލާއާއެކުގައެވެ.
މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަހިސްފައި ވަނީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރު އަބްދުﷲ މައުސޫމްވެސް ވަޑައިގެންނެވިއެވެ.
އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އައުމުގެމައްޗަށް އަލިއަޅުވާލައި، މ. މުލަކުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިއްޔެއަކީ ރާއްޖޭގެ ބޯޑަރު ހުޅުވިތާ ތިން އަހަރު ފުރުނު ދުވަސް ކަމަށެވެ.
ދެހާސް ވިހި ވަނަ އަހަރު ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން މުޅި އިގްރިސާދު ހުއްޓުނު ކަމަށާއި ދައުލަތަށް ލިބެން އޮތް14 ބިލިއަން ރުފިޔާ ނުލިބި ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިން އަމާޒުކުރީ މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ރާާއްޖެެ ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ތަސައްވަރަކީ 1.9 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް