އާރްޓީއެލް އެޕްގައި ކަސްޓަމަރުންގެ އެއްވެސް ބޭންކިންގ މަޢުލޫމާތެއް ރައްކާކުރެވިފައި ނުހުންނާނެ: އެމްޓީސީސީ

ޓްރާސްޕޯޓުގެ ޙިދުމަޓް ފަސޭހަކުރުމަށް އެމްޓީސީސީ އިން ނެރުނު އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިންގ މަޢުލޫމާތެއް ސިސްޓަމްގައި ރައްކާކުރެވިފައި ނުހ...

16 Jul 2023 | 09:22

ޓްރާސްޕޯޓުގެ ޙިދުމަޓް ފަސޭހަކުރުމަށް އެމްޓީސީސީ އިން ނެރުނު އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިންގ މަޢުލޫމާތެއް ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމުގެ ޔަޤީންކަން އެމްޓީސީސީ އިން ދީފިއެވެ.

އާރްޓީއެލް ޚިދުމަތް ފެށީނީއްސުރެ، މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ލިބެމުންދާ ހިޔާލުތަކާއި މަޢުލޫމާތުތަކަށް އެމްޓީސީސީ އިން ދަނީ ރިޢާޔަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން އެމްޓީސީސީ އިން ބުނީ އާރްޓީއެލް އެޕްގައި ސެކިޔުރިޓީ ވަލްނަރަބިލިޓީއެއް އުޅޭކަމުގެ ރިޕޯރޓް ޖުލައި މަހުގެ ކުރީކޮޅުގައި ލިބިފައިވާ ކަމެވެ. އަދި އެ މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެކަން ވަނީ ވަގުތުން ހައްލު ކޮށފައި ކަމަށް އެމްޓީސީސީ އިން ބުނެފައި ވެއެވެ.

ސިސްޓަމް ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް އެމްޓީސީސީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމަށާއި ކަސްޓަމަރުންގެ ބޭންކިންގ މަޢުލޫމާތު ސެކުޔަރ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް މެނުވީ ރައްކާ ކޮށްފައެއް ނުހުންނާނެ ކަމަށެވެ.

އެގޮތުން އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިންގ ބޭންކުގެ ސެކިޔުރިޓީ ސްޓެންޑަރޑްތަކާއި އެއްގޮތަށް ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި، އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީވެސް ބައިނަލްއަޤްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސަރޓިފައި ކޮށްފައިވާ ވަސީލަތްތަކެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރަށް، ކަސްޓަމަރުންގެ ހުރިހާ ބޭންކިން މަޢުލޫމާތެއް ހިއްސާކުރާނީ ބީއެމްއެލްގެ ސެކުޔަރ ޕްލެޓްފޯރމްއެއްގައި ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ރައްޔިތުންގެ ޚިދުމަތުގައި ސާބިތުކަމާއެކު އަބަދުމެ ދެމިތިބޭނެކަމުގެ ޔަޤީންކަން އެމްޓީސީސީ އިން ވަނީ އަރުވާލާފައެވެ.

ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައި، އެމްޓީސީސީ އިން ވަނީ ފެރީ އަދި ބަހުގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް ޚިދުމަތް ފަށާފައެވެ. އެގޮތުން ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ގއ. އަދި ގދ. އަތޮޅުގައި ފެށިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް