މިހާރު އަމާޒު ހިފާފައި ވަނީ 2028 ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް50 ބިލިއަން ރުފިޔާ ވެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް މ. އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައ ިމުލަކު ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ 2018އިން ފެށިގެން2028 އާ ހަމަޔަށް ރާއްޖޭގެ އިގްތިސޯދު ދެގުނަވެ، ދައުލަތަށް ލިބޭ އާމްދަނީ ދެގުނަ ވެގެން ދާތަން ފެންނާނެ ކަމަށެވެ.
މިއީ ކޮވިޑްގެ ދުވަސްވަރު ލޯނު ނަގައިގެން ކުރި މަސައްކަތުގެ ނަތީގާ ކަމަށާއި ރާއްޖޭގެ އިގްތިސާދު ކޮއްޅަށް ޖެހުނީ އެދުވަހު ހިކްމަތްތެރިކަމާއެކު ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އައިއެމްއެފްއާއި ވޯލްޑްބޭންކުން މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރީ 6 ޕަސެންޓާއި 7 ޕަސެންޓާ ދެމެދަށް ކަމަށެވެ. ނަމަވެސް މިއަދު އެ އަންދާޒާ 9.4 ޕަސެންޓް އަށް އިތުރުވެފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އިންފްލޭޝަން 5.4 ޕަސެންޓަށް މަތިވާނެ ކަމަށް ވޯލްޑްބޭންކުން އަންދާޒާ ކުރި ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން3.4 ޕަސެންޓްގައި އިންފްލޭޝަން ހިފެހެއްޓިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މުލަކުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅޫވާލައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުލަކަށްވީ ވައުދުގެ ގިނަ މަސައްކަތް ކުރެވެމުން ދާ ކަމަށާއި ބައެއް މަސައްކަތްތައް ރައްޔިތުން ބޭނުންވާ ބާރު ސްޕީޑުގައި ނުދާ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހަލުވިކުރަން ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
މަގުތައް ހެދުމާއި، ބަނދަރު ބޮޑުކުރުމާއި، އެހެނިހެން ވައުދުތަކުގެ ތެރެއިން މަޑުޖެހިފަ ހުރި ކަންތައްތައް ހަލުވިކުރަން ރޭވުންތައް ރާވަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މުލަކަކީ މަސްވެރި ރަށަކަށް ވާތީ، މިފްކޯގެ މަސް ކަލެކްޓިންގް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފްރީޒިންގް ކެޕޭސިޓީއާއި ކޯލްޑް ސްޓޯރޭރޭޖްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަން ނިމެންދެން އެ ސަރަަހައްދުން މަސް ގަނެވޭނެ ކަލެކްޓިންގް ވެސަލްއެއް ގެނަދާނެ ކަމަށް ރައީސް އިޝާރާތް ކުރެއްވިއެވެ. އެއީ މިފްކޯއިން ގެންނަ ތިން ބޯޓުން އެއް ބޯޓެވެ،
އޭގެ އިތުރުން ރައީސް ވިދާޅުވީ މުލަކުގައި އޭޓީއެމް އެއްގެ ހިދުމަތް ދިނުމާއި މުލަކުގައި ނުހެދި ހުރި މަގުތަކާއެކު ރަށުގެ ހުރިހާ މަގުތައް ހަދާ ނިންމަދޭނެ ކަމށެވެ.ެ. އަދި ކުރިއަށް އޮތް މެނިފެސްޓޯގައި ހިމަނައި ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް