ކޮޅުފުށީގައި ގެނބިގެން ކުޑަކުއްޖަކު މަރުވެއްޖެ

ކޮޅުފުށީގައި ގެނބިގެން ކުޑަކުއްޖަކު މަރުވެއްޖެއެވެ. ކޮޅުފުށީ ކައުންސިލުން ވަނީ "ދުވަސް" އަށް މިކަން ކަށަވަރު ކޮށްދީފައެވެ. "ދުވަސް"އަށް އެނގިފައިވާ ގޮތުގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ގެނބިފައި ވަނީ...

16 Jul 2023 | 07:29

ކޮޅުފުށީގައި ގެނބިގެން ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ކޮޅުފުށީ ކައުންސިލުން ވަނީ "ދުވަސް" އަށް މިކަން ކަށަވަރު ކޮށްދީފައެވެ.

"ދުވަސް"އަށް އެނގިފައިވާ ގޮތުގައި ދެ އަހަރު ނުވާ ކުޑަ ކުއްޖަކު ގެނބިފައި ވަނީ ބެލެނިވެރިއަކު ނެތި މޫދަށް އެރި އުޅެނިކޮށެވެ.

މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އެ ކުއްޖާއާއެކު އަތިރިމައްޗަށް ގޮސްފައި ވަނީ ހަމަ އެ އުމުރުގެ އަންހެން ކުއްޖެކެވެ.

ކުއްޖާގެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި، މީގެ ކުރިންވެސް އެ ދެކުދިން އެކުގައި ގޯތިތެރޭގައި ކުޅެން ތިބެއެވެ. ގޯތިތެރޭގައި ހުންނަ އަނބު ގަހެއްގެ ދޮށުގައި ކުޅެންތިބި ކުދިން ނުފެނިގެން ހޯދަން ފެށި ފަހުން އެ ކުއްޖާ ފެނުނީ މޫދުންނެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް