އުރީދޫ މޯލްޑިވްސްއިން އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއަރ މެންބަރުންނަށް ހާއްސަ އޮފަރއެއް ތައާރަފްކޮށްފިއެވެ.
އެގޮތުން އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ރާއްޖޭގައި އޮޕަރޭޓްކުރާ އެއް އެއާލައިން ކަމަށްވާ އިންޑިގޯ އެއާލައިންސްގެ ފްލައިޓް ޓިކެޓުން 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު މިހާރު ލިބޭނެ އެވެ.
މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުން ޓިކެޓް ނަގަން ހ. ގާދޫ ބިލްޑިންގްގެ ދެ ވަނަ ފަންގިފިލާގައި ހުންނަ އޭވިއޭޝަން ސަރވިސަސް މޯލްޑިވްސްއަށް ޒިޔާރަތްކޮށް، އުރީދޫ އެޕްމެދުވެރިކޮށް ޑިޖިޓަލް ކްލަބް ޕްރިމިއަރ ކާޑު ދައްކާލަން ޖެހެއެވެ.
އޭވިއޭޝަން ސަރވިސަސް މޯލްޑިވްސްގެ ޓީމުން ފަސޭހަކަމާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް ޑިސްކައުންޓް ފްލައިޓް ޓިކެޓް ފަސޭހަކަމާއެކު ކަށަވަރުކޮށްދޭއެވެ.
އުރީދޫ މޯލްޑިވްސް އާއި އޭވިއޭޝަން ސާވިސަސްއާ ދެމެދު ގާއިމްކުރި މި ސްޓްރެޓެޖިކް ޕާޓްނާޝިޕަކީ ކްލަބް ޕްރިމިއާގެ މެމްބަރުންގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ފްލައިޓް ޓިކެޓުން ބޮޑު ސޭވިންއެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ސްޓްރެޓެޖިކް ޕާޓްނާޝިޕެކެވެ.
އުރީދޫ މޯލްޑިވްސްއަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ.
މި ހާއްސަ އޮފަރ އާއިއެކު ގިނައިން ދަތުރުފަތުރު ކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް