ފިލްމު އެވޯޑުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

“ދިވެހި ފިލްމު އެވޯޑްސް 10” އަންނަ އޯގަސްޓް މަހުގެ ފަހެއްގައި ބާއްވަން ނިންމާ ފިލްމުތައް ބައިވެރި ކުރުމުގެ މުއްދަތު އިތުރު ކޮށްފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފައިވަނީ ދިވެހ...

16 Jul 2023 | 04:08

“ދިވެހި ފިލްމު އެވޯޑްސް 10” އަންނަ އޯގަސްޓް މަހުގެ ފަހެއްގައި ބާއްވަން ނިންމާ ފިލްމުތައް ބައިވެރި ކުރުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފައިވަނީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ “ދިވެހި ފިލްމު އެވޯޑްސް” މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

މި އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.

އެގޮތުން “ދިވެހި ފިލްމު އެވޯޑްސް 10” ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި އަދި އެވޯޑް ދިނުމަށް ކަނޑައަޅާފައިވާ ބައިތަކާއި އިތުރު ތަފްސީލް އާއްމުކޮށް ގެޒެޓުގައި އިއުލާނުކޮށް އެންސީއޭއިން ބުނެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސްގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 20ޖުލައި 2023 ވާ ބުރަށްފަތި ދުވަހުގެ 13:30 ކަމަށެވެ.

މިއެވޯޑުގެ ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 7906246 ނަންބަރު ފޯނާއި ގުޅުއްވުން އެދޭކަމަށްވެސް އެންސީއޭއިން ކުރި އިއުލާނުގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް