އެމްޓީސީސީން ބުނީ ތިމާވެއްޓާ ރަށްޓެހި އިލެކްޓުރިކް ބަސްތަކެއް ކަމަށާއި މާލޭގެ ދުއްވަން ފަސޭހަވާނެ ގޮތަށް ދިގުމިނުގައި 20 ފޫޓް ހުންނަ ބަސްތަކެއް ކަމަށެވެ. އަދި މިއީ 16 ޕަސެންޖަރުންނަށް ދަތުރުކުރެވޭ ބަސްތަކެއް ކަމަށް ވެސް ބުންޏެވެ.
މި މަހުގެ 17 ގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރި ކަމަށް މީގެކުރިން ބުނެފައިވީނަމަވެސް އެ ޚިދުމަތް ފަށާނެ ތާރީޚެއް ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް