ހަމައަގުގައި ވީހާވެސް އަގުހެޔޮކޮށް ލެޕްޓޮޕް އަދި އެހެނިހެން އިލެކްޓްރޯނިކްސް ވިއްކުމަށްޓަކައިި ހުޅުވާފައިވާ، ޔޫ.އެސް.އޭ އިމްޕޯޓްސް ފިހާރައިން "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ސްކޫލްތަކުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ހަމައަށެވެ.
ސްކޫލް ކުދިންނާއި ޓީޗަރުންނަށް ޚާއްޞަ ކުރެވިފައިވާ މި ޕްރޮމޯޝަންގައި %15 އާ ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު، ސްކޫލް ކުދިންނާއި ޓީޗަރުންނަށް ޚާއްޞަކޮށް ގެނެސްފައިވާ ގޭޓްވޭ އަދި އެޗްޕީ ލެޕްޓޮޕް ޚާއްސަ އަގުތަކެއްގައި ވިއްކުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮމޯޝަންގެ ދަށުން ވިއްކާ ކޮންމެ ލެޕްޓޮޕަކަށް، ހިލޭ ލެޕްޓޮޕް ދަބަހާއި، ހަ މަހުގެ ލޯކަލް ވޮރަންޓީއާއި އެއް އަހަރުގެ އިންޓަރނޭޝަނަލް ވޮރަންޓީ ލިބޭނެ ކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއެވެ.
ޔޫ.އެސް އޭ އިމްޕޯޓްސް އަކީ ސީދާ ޔޫ.އެސް.އޭގެ އޮރިޖިނަލް ލެޕްޓޮޕާއި އެހެނިހެން އިލެކްޓްރޯނިކްސްގެ ސީދާ އޮރިޖިނަލް އެންމެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފިހާރައެކެވެ.
ޔޫ.އެސް.އޭ އިމްޕޯޓްސް އަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، އެ ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި، ލެޕްޓޮޕާއި އިލެކްޓްރޯނިކްސްގެ އިތުރުން ސްކިންގ ކެއާރގެ ބާވަތްތަކާއި ކޮސްމެޓިކްސް އަދި އެހެނިހެން ތަކެތި ވިއްކުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށްވެސް އެފިހާރައިން މަޢުލޫމާތު ދެއެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެ ފިހާރައިން ޚާއްސަ ޕްރޮމޯޝަންތަކެއް ފަށާފައިވާއިރު، ޖުލައި 26 އާ ގުޅުވައިގެން ޤައުމީ ލަވަކިޔުމުގެ ޗެލެންޖެއް އެފިހާރައިން ކުރިއަށް އެބަގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް