އެމްއެމްޕީއާރްސީ ގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ސައްހަ ލިސްޓް އާންމުނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ: އާދަމް ޝަރީފް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ސައްހަ ލިސްޓް އާންމުނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ ކަމަށް ވިދާޅުވެ މަޑުއްވ...

16 Jul 2022 | 07:22

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ސައްހަ ލިސްޓް އާންމުނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ރައީސް ސާލިހުއަށާއި އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ދާދި ފަހުން ބޭއްވި އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގެ ތެރޭގައި އާންމުކުރަން ބުނި ލިސްޓް އަވަހަށް ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވެ، ކުރެއްވި ޓްްވީޓުގައި އޭނާ ވަނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ސައްހަ ލިސްޓް އާންމުނުކޮށްގެން އުޅެނީ މިހާރު ދެ ފެކްޝަނަކަށް އޮތް އެމްޑީޕީގެ ބަޔަކު އެ ލިސްޓްގައި ހިމެނޭތީތޯ ވެސް ސުވާލު އުފައްދަވާފައެވެ.

https://twitter.com/Adamshareefz/status/1548059694593626112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1548059694593626112%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F261905

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހިންގާފައިވާ ޖަރީމާގައި މަޖިލީހުގެ އެހާރާއި މިހާރުގެ ގިނަ މެމްބަރުންނާއި ގިނަ ވަޒީރުންތަކަކަށް ލިބިފައިވާ ކަމަށް ކުރިން އާންމުވި ލިސްޓުން ވަނީ ހާމަވެފައެވެ.

އެގޮތުން އެ ލިސްޓުގައި 280 އަށް ވުރެ ގިނަ މީހުން ހިމެނޭ އިރު، މި އަހަރުގެ ކުރީކޮޅު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރި ކޮމިޝަންގެ އާ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ އެތަނުން ހޯދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް