ނޫސްވެރިޔާ ރިޟުވާންގެ މައްސަލައިގާ އިސޫ، މަރު ކޮމިޝަނަށް ހާޒިރު ކޮށްފި

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން ގެ މައްސަލައިގާ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ. ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެ...

16 Jul 2022 | 06:40

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން ގެ މައްސަލައިގާ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލައި މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސޫ މާލެ ގެނެސް، މަރުކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އެހެންނަމަވެސް އެކަމާ ގުޅޭ ތަފްސީލު މަރުކޮމިޝަނުން އަދިހާމައެއް ނުކުރެއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟުވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި މި ޖުލައި މަހުގެ ދެވަނަ ދުވަހު ވަނީ އިސޫ އާއި ދަފްތަރު ރުއާރުއެސް 8499 އަހްމަދު މުއާޒް އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) ވެސް ހައްޔަރުކޮށްފައެވެ.

މަރު ކޮމިޝަންގެ ތަހުގީގަށް ފަހު ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކުރިއިރު، އެ ކޯޓުން ވަނީ އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ބުނިގޮތުގައި އެ ތިން މީހުން ހައްޔަރު ކުރީ، މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ "ޖިނާއީ ކުށްތައް ރާވައި ހިންގުމުގަ އާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ތުހުމަތު ކުރެވޭ" މައްސަލައާ ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް