ރާއްޖޭގެ ޒުވާން ލަވަކިޔުންތެރިޔާ އައިމިނަތި ބަތޫލް އަހުމަދު އެންގޭޖްވެއްޖެއެވެ.
ބަތޫލް ގެ އަޑެއް ނީވި ދުވަސްކޮޅެއްވުމަށްފަހު، އޭނާގެ އިންސްޓަގްރާމުގައި އެންގޭޖުވިކަން ހާމަކުރުމުން ގިނަ ބަޔަކު ދަނީ މަރުޙަބާ ކިޔަމުންނެވެ.
އެންގޭޖްމެންޓް ރިންގާއެކު އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯ އަދި ވީޑިއޯ އާއެކު ބަތޫލް ބުނެފައިވަނީ "ޝީ އިޒް ފިއޯންސޭ" އެއް ކަމަށެވެ. މީގެ އިތުރުން އޭނާގެ އިންސްޓަގްރާމުގައި ލޯބިވެރިޔާއާ އެކި ނަގާފައިވާ އެކިއެކި ފޮޓޯތަކެއް ވެސް ވަނީ ފޭނުންނަށް ދޫކޮށްލާފައެވެ.
https://www.instagram.com/p/Cf_IyYpJAwL/?utm_source=ig_embed&ig_rid=acdc169b-8544-457b-a41b-13c2e5b97867
ސްކޫލު ދައުރުން ފެށިގެން ލަވަ ކިޔުމުގައި ގިނަ ބައެއްގެ ސަމާލުކަމާއި މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ. އަދި ޚާއްސަކޮށް އޭނަ ކިޔާފައިވާ ކަވަރ ލަވަތަކަކީ ސަމާލުކަން މިހާރުވެސް ލިބެމުންއަންނަ ލަވަތަކެކެވެ.
އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) ގައި ވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ބަތޫލު މިހައިތަނަށް ވަނީ ގިނަ ޝޯވތަކެއްގައި އޭނާގެ ހުނަރު ދައްކާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް