ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކެޓްގެ މި ދަތުރުގައި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް އާއި ވިކީގެ ކޮއްކޮ ސަނީ ކޯޝަލްގެ އިތުރުން ސަނީގެ ލޯބިވެރިޔާ ބައިވެރިވެއެވެ.
ކެޓްގެ އުފަންދުވަހަކީ މިއަދެވެ. މިއަދު ކެޓަށް އެ ފުރުނީ 39 އަަހަރެވެ.
ކެޓަށް 39 އަހަރު މިއަދު ފުރޭއިރު އަދި މި ހާއްސަ ދުވަސް ފާހަގަކުރަން ރާއްޖެ އައިސްފައިވާއިރު އިންޑިއާ މީޑިއާ ރޫމާސް ބުނާގޮތުގައި ކެޓް އިނީ އެ ދެމަފިރިންގެ އަލަތު ދަރިއަށް ބަލިވެއެވެ. އަދި އެކަން އިންޑިއާ މީޑިއާގެ އެކި މަސްދަރުތަކުން ކަށަވަރު ކުރެވޭކަމަށާއި ކެޓްގެ އުފަންދުވަހު އެކަންވެސް އިއުލާނުކުރާނެކަމުގައި ބެލެވޭކަމުގައި ރިޕޯޓްކޮށްފައިވެއެވެ.
ކެޓާއި ވިކީ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ދެމަފިރިންގެ މާމުއި ހަނދަށްވެސް ރާއްޖެ ޒިޔާރަތްކުރިއެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް