އަތޮޅުތެރެއިން 82، މާލެއިން 18 ކޭސް އާއެކު މިއަދު ކޯވިޑްގެ ޖުމްލަ 114ގައި

ރާއްޖެއިން އިތުރު114 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު އަތޮޅު ތެރެއިން ޕޮސިޓިވްވީ82 މީހުންނެވެ. މާލެ ސަރަހައްދުން18 މީހުން ޕޮސިޓިވްވި އިރު ރިސޯޓުތަކުން ޕޮސިޓިވްވީ ނުވަ މީހުންނެވެ. ދެނ...

16 Jul 2021 | 17:09

ރާއްޖެއިން އިތުރު114 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު އަތޮޅު ތެރެއިން ޕޮސިޓިވްވީ82 މީހުންނެވެ. މާލެ ސަރަހައްދުން18 މީހުން ޕޮސިޓިވްވި އިރު ރިސޯޓުތަކުން ޕޮސިޓިވްވީ ނުވަ މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހުނީ ރިސޯޓު ތަރައްގީ ކުރާ ރަށްތަކުން ފަސް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 7،101 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،578 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 11 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 72،930 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 216 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 75،736 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް