"މިޔާއު" ކައިޒީން މިފަަހަރު މި ވީ ކަޅު ބުޅަލަކަށް !

ރާއްޖޭގެ ސުޕަރ މޮޑެލް، ކައިޒީން އޭނާގެ އެންމެ ފަހުގެ ފޮޓޯ ޝޫޓް، ކަޅު ބުޅަލެއްގެ ތީމުގައި ދޫކޮށްލައިފިއެވެ. މި ތީމުގައި ކައި އޭނާގެ އިންސްޓަގްރާމްގައި ތިން ފޮޓޯ ދޫކޮށްލާފައިވާއިރު ފޮޓޯގެ ކެޕްޝަނުގައި ބ...

16 Jul 2021 | 16:36

ރާއްޖޭގެ ސުޕަރ މޮޑެލް، ކައިޒީން އޭނާގެ އެންމެ ފަހުގެ ފޮޓޯ ޝޫޓް، ކަޅު ބުޅަލެއްގެ ތީމުގައި ދޫކޮށްލައިފިއެވެ.

މި ތީމުގައި ކައި އޭނާގެ އިންސްޓަގްރާމްގައި ތިން ފޮޓޯ ދޫކޮށްލާފައިވާއިރު ފޮޓޯގެ ކެޕްޝަނުގައި ބުނެފައިވަނީ "މިޔާއު" ހަމަ އެކަނި މިހެންނެވެ. އެހެންކަމުން މި ތީމު ނިސްބަތްވަނީ ކަޅު ބުޅަލަކަށް ކަމުގައި ބެލެވެއެވެ.

މިފަދަ އިތުރު ބައެއް ތީމްތަކުގައިވެސް ކައި ވަނީ އިންސްޓަގްރާމަށް ފޮޓޯތައް ދޫކޮށްލާފައެވެ. އޭގެ ތެރޭގައި "ޑޮލަރު ތީމް"، "އިރުވާހުދު ތީމް" "ޓައިގަރ ތީމް" ހިމެނެއެވެ.

ކައިގެ މިއައު ފޮޓޯޝޫޓް އިއްޔެ އިންސްޓަގްރާމަށް ދޫކޮށްލާފައިވާއިރު އެންމެ ފަހުން ކައި ބުނެފައިވަނީ ދާއިރާ ބަދަލުކޮށްލަން ވިސްނާފައިވާކަމަށެވެ. އެގޮތުން ސިޔާސީ ދާއިރާއަށް ވަނުމުގެ ޝައުގުވެރިކަން ހުރިކަން ކައި ފާހަގަކުރިއެވެ. އަދި އެ ދާއިރާއަށް ވަނުމުގެ އެއް ބޭނުމަކީ އަންހެނުން ބާރުވެރިކުރުވުން ކަމަށް ކައި ބުނެފައިވެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް