ކުރީގެ ކަރުދާސް ނޫޓު މިހާރު ބޭނުން ކުރާ ނޫޓަށް ބަދަލު ކޮށްދޭނެ އެންމެ ފަހު ދުވަހަކީ މިމަހުގެ27 ވަނަ ދުވަސް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެވެ.
ކުރިން އިއުލާނުކޮށްފައި އޮތް ގޮތުން ކުރީގެ ކަރުދާސް ނޫޓު ބަދަލު ކޮށްދޭނެ އެންމެ ފަހު ދުވަހަކީ މިމަހުގެ31 ވަނަ ދުވަހެވެ.
އެކަމަކު މިއަހަރުގެ އަލްހާ ޢީދާއި މިނިވަން ދުވަހާ ގުޅިގެން 16 ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައި އެވެ. ސަރުކާރުން ދެ ހުޅުވޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
އެމްއެމްއޭއިން ބުނީ މިގޮތަށް ކަނޑައެޅުމުން މި މުއްދަތުގައި އެމްއޭއިން ހިދުމަތް ދޭނީ މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ކުރީގެ ކަރުދާސް ނޫޓަށް ބަދަލުދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ 27 ޖުލައި 2021 ގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މި ދުވަސްތަކުގައި އެމްއެމްއޭއަށް ވަޑައިގެން އެޕޮއިންޓްމެންޓް ހެއްދެވުމަކާ ނުލައި ކުރީގެ ފައިސާ ބަދަލުކުރެއްވޭނެއެވެ.
އެމްއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރީގެ ނޫޓުގެ ތެރެއިން 145 މިލިއަން ރުފިޔާ އަދިވެސް ނުލިބެ އެވެ. މިއީ އޭރު ދައުރުވަމުން ދިޔަ 2.9 ބިލިއަން ރުފިޔާގެ ފަސް ޕަސެންޓެވެ.
ކަރުދާސް ނޫޓުތައް ރާއްޖޭގެ ލީގަލް ޓެންޑާގެ ގޮތުގައި ބޭނުންކުރުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް