އުދައަރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދުގެ ހަވީރު 4:15 އިން މިރޭ 08:00 އާއި ދެމެދުގެ ވަގުތުތަކަށެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ތިން އަތޮޅު ފިޔަވައި އެހެން ހުރިހާ ރަށަކަށް ހުދު ސަމާލު ނެރެފައިވާއިރު އިއްޔެ މާލެއަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދުން ފެށިގެން ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް އުަދަ އަރާފައިވެއެވެ. އަދި އެ އުދައިގެ އަސަރު ހެންވޭރުކޮޅުން މަޖީދީ މަގުން ހެންވޭރު ބޯޅަދަނޑާއި ހަމައަށްވެސް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް