ޖަރުމަނަށް ކުރަމުންދާ ވިއްސާރައިގަ މަރުވި އަދަދު 81ށް، ގެއްލުނު އަދަަދު 1،000 މައްޗަށް

ޖަރުމަނުވިލާތުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގަ އިރުމަތީ ސްޓޭޓްތަކުން މިހާތަނަށް 81 މީހުން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މީގެ ތެރެއިން ގިނަ މީހުން މަރުވީ އިއްޔެ އެވެ. އަދި އެ...

16 Jul 2021 | 10:01

ޖަރުމަނުވިލާތުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގަ އިރުމަތީ ސްޓޭޓްތަކުން މިހާތަނަށް 81 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މީގެ ތެރެއިން ގިނަ މީހުން މަރުވީ އިއްޔެ އެވެ. އަދި އެ ސަރަހައްދުގެ ސިޓީތަކުން 1،500 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި އެވެ.

ވިއްސާރައިގަ އެންމެ ބޮޑަށް ގެއްލުންވެ ހާލުގައި ޖެހެމުން ދަނީ ޖަރުމަނުގެ ސްޓޭޓް އޮފް ރިނަލޭންޑް ޕަލަޓިނޭޓް އާއި ނޯތް ރައިން ވެސްޓްފާލިއާ އަށެވެ. އެންމެ ގިނަ މީހުން ގެއްލިފައިވަނީ އަރްވައިލޭ ޑިސްޓްރިކްޓުންނެވެ. އެ ތަނުން 1،300 އަށްވުރެ ގިނަ މީހުން ގެއްލިފައިވެ އެވެ.

މީހުން ގެއްލުމާއި މަރުވުމުގެ ހާދިސާތައް ހިނގާފައިވަނީ ފަރުބަދަތަކުން ކިސަޑު ފޭބުމާއި ސިޓީތަކުގައި ފެން ބޮޑުވުމުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ކުރިމަތިވުމުންނެވެ. އަދި އެފަދަ ހާދިސާތަކުގައި ގެތައް ވެއްޓިފައިވުމުން ގިނަ މީހުން ވެއްޓުނު ގެތަކުގެ ތެރޭގައި ތަށިވީ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށްވެސް ވަނީ މޫސުމީ ވިއްސާރައިގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވަ އެވެ. އެގޮތުން ބެލްޖިއަމްއަށް ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް 12 މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް