ސަފީރު ސޯބިރުގެ ހާއްސަ ސިޓީ މިނިސްޓަރު މައުސޫމަށް

ދިވެހިއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ރަންޔޫބީލްގެ ލޯގޯ ހިމަނައިގެން ބެލްޖިއަމްގައި ތައާރަފުކުރެވިގެންދިޔަ ސްޓޭމްޕް ޖަހައި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ކަނޑައަޅުއ...

16 Jul 2021 | 09:31

ދިވެހިއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ރަންޔޫބީލްގެ ލޯގޯ ހިމަނައިގެން ބެލްޖިއަމްގައި ތައާރަފުކުރެވިގެންދިޔަ ސްޓޭމްޕް ޖަހައި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވި ސިޓީ މިނިސްޓަރަށް ލިބިވަޑައިގެންފިއެވެ.

ޖުލައި 5 ވަނަ ދުވަހު ސްޓޭމްޕް ލޯންޗުކޮށްދެއްވައި ސަފީރު ސޯބިރު ވަނީ މިނިސްޓަރު މައުސޫމަށް ބެލްޖިއަމްގެ ޕޯސްޓު މެދުވެރިކޮށް ސިޓީއެއް ފޮނުއްވާފައެވެ.

ސަފީރު ބެލްޖިއަމް ހިމެނޭހެން ބެނެލުކްސްގެ ގައުމުތަކުގައި ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލަމެވެ. އަލަށް ތައާރަފުކުރެވިގެން މި ދިޔަ ސްޓޭމްޕަކީ އޭގެ ތެރެއިން އެއް މަސައްކަތެވެ.

ބެނެލުކްސް މޯލްޑިވްސް ފްރެންޑިޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން ނެރުނު މި ސްޓޭމްޕްގެ ސަބަބުން އެސަރަހައްދުގެ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުުރުމަށް އިތުރު މަގުތައް ފަހިވެގެންދާނެއެވެ. ބެނަލުކްސްގެ ގައުމުތަކަކީ ބެލްޖިއަމް، ނެދަރލޭންސް އަދި ލަގްޒަމްބަރގް އެވެ. އަދި މިސްޓޭމްޕް ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓްރީވުމުން ސްޓޭމްޕް ބޭނުންކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އަންނަނީ ދެމުންނެވެ.

ވިޔަފާރީގެ ބޭނުންތަކަށް ސްޓޭމްޕް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު، އެކަމަށް އެދި މިނިސްޓްރީގައި ހާއްސަ ހުއްދައަކަށް އެދެންޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް